ފުލުހަކު ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި އެވެ.

ޓުވިޓާގައި މީހަކު ބުނީ ފުލުހުންގެ އިންސްޕެކްޓަރެއްގެ މަގާމުގައި ހުރި މީހަކު ވިލާ ކޮލެޖްގަ ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށް ފައިސާ ހޯދަމުންދާ ކަމަށެވެ.

އެހެންވެ އެ މައްސަލަ ބެލޭނެ ވެރިއަކު ނޫނީ އިދާރާއެއް ރާއްޖޭގައި އެބަހުރިތޯ އޭނާ ސުވާލުކުރި އެވެ.

އެ ޓުވީޓަށް ޖަވާބު ދެއްވައި ފުލުހުންގެ ތަރުޖަމާނު އަދި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ ބަހާއިން އެ މަޢުލޫމާތު ޔަގީންކޮށް އެކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެެެހެންވެ ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅުއްވައިގެން ޙައްލުކުރުމަށް ޝިފާން އިލްތިމާސް ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން