އެއްވެ އުޅުމުގެ ހައްގު މިހާރަށްވުރެ ފަހިކުރުމަށް އެ ގާނޫނަށް ގެންނަ އިސްލާހު އާ މަޖިލީސް ފެށުމާއެކު ހުށަހަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވިދާޅުވީ، ސަރުކާރު އަމާޒަކީ ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ ހުދޫދުގެ ތެރެއިން އެ ފުރުސަތު ހުޅުވާލާފައި ބޭއްވުން ކަމަށެވެ. އެގޮތުން އަންނަ މެއި 28ގައި ފަށާ 20 ވަނަ މަޖިލީހަށް އެއްވެ އުޅުމުގެ ގާނޫނާއި ގުޅޭ އިސްލާހް ހުށައަޅާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނައި އިސްލާހަށް ފަހު މާލޭގައި މުޒާހަރާ ކުރުމުގެ ހުއްދަ އޮތީ ކާނިވާ ސަރަހައްދުގައެވެ. އެގޮތަށް ގާނޫނަށް އިސްލާހު ގެނައީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައެވެ. ނަމަވެސް އެގާނޫނަށް އަލުން އިސްލާހު ގެނަސް ކުރިން އެންގުމަކާ ނުލައި އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރަން ހުށައެޅި އިސްލާހު އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުގެ މިދައުރު ނިމެން މަދު ދުވަސް ކޮޅަކަށް ވީއިރުވެސް އޮތީ ކޮމިޓީގައި ޕާކްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން