މީގެ ފަސް އަހަރުކުރިން ރަހުމުކުޑަކޮށް މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރީ، ޖުނައިހު ޢަބްދުﷲ، ލ.ގަން، ތުނޑި/ނަންނާރިގެ، އަޙްމަދު ޒަޔާން، ޅ. ކުރެންދޫ/އަސުރުމާގެ، އަފްރާހު ޢަބްދުއްރައްޒާޤް، ގ. ލޮނުމިދިލިގެ، ޙަސަން މަހްފޫޒް، ސ.ފޭދޫ/ވެސްޓަންވިލާ، މުޙައްމަދު ޝާޒް، ތ. ކިނބިދޫ/ގުލްފާމްގެ، ސިމާހު މޫސާ، ދަފްތަރު ނަންބަރު 1746 އަދި އުސްމާން ޝަރީފް، މ. ދިމިޝްގު މައްޗަށެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެގޮތަށް ހުކުމް ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް އެ ހާދިސާގެ ސާފު ވީޑީއޯ ފުޓޭޖުތައް ފެންނަން ހުރިއިރު އެ މީހުން ނުހޯދުމުން އެކަމާ ގިނަބަޔަކު ސުވާލު އުފައްދައެވެ.

ޕީޖީ އޮފީހުން ބުނީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެކަމުގައި ދައުވާ ކުރި އުމުރުން 17 އަހަރުގެ ކުއްޖާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން