މިމަހު އެކަނިި ޗިކުންގުންޔާ ޖެހުނު މީހުންގެ އަދަދު 58 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އޭޕްރީލް މަހު ޗިކުންގުންޔާގެ 177 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.

އަދި މި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 58 އަށް އަރައިފަ އެވެ،

ޗިކުންގުންޔާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލޭގަ އެވެ. އެގޮތުން މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް މާލެއިން 193 ކޭސް ރިޕޯޓްކޮށްފައި ވެއެވެ. އަދި ހުޅުމާލެއިން 40 ކޭސް ރިޕޯޓްކޮށްފައި ވެއެެވެ.

ޗިކުންގުންޔާއާއެކު ޑެންގީވެސް ފެންނަ ވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ މަހު 239 އަދި މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ޑެންގީގެ 40 ކޭސް ރިޕޯޓްކުރި އެވެ.

ޑެންގީއާއި ޗިކުންގުންޏާއަކީ ވެސް މަދިރިން ފެތުރޭ ދެ ބައްޔެެވެ. އެ ދެ ބަލި ފެތުރޭލެއް އިތުރުވަމުންދާތީ މާލެ ފޮގް ކުރުމުގެ މަަސައްކަތް ދަނީ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން