މާލޭގެ ނޯތް ހާބަރު ސަރަހައްދުން މީހަކު ފުރަން ދަނީ: މާލެ އިން މިހާރު ރަށްރަށައް ދެވެނީ ޒަރޫރީ ބޭނުމަކަށް އެކަނި
މާލޭގެ ނޯތް ހާބަރު ސަރަހައްދުން މީހަކު ފުރަން ދަނީ: މާލެ އިން މިހާރު ރަށްރަށައް ދެވެނީ ޒަރޫރީ ބޭނުމަކަށް އެކަނި
މާދަމާއިން ފެށިގެން ހޯމްކަރަންޓީނުވުމަށް ރަށްރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވެގެން ކަމަށް ކަނޑައަޅައި އެ އުސޫލު އެޗްޕީއޭއިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބުނެފައިވަނީ އަތޮޅުތަކުގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުގެދަށުން މާދަމާއިން ފެށިގެން ރަށްރަށަށް ދެވޭނީ އެޗްޕީއޭއިންދޭ ޚާއްޞާ ހުއްދައެއްގެ ދަށުންކަމަށެވެ. އެގޮތުން ރަށްރަށަށް ދާ މީހުން ޢަމަލުކުރަންވީގޮތް ބަޔާންކޮށް އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ބުނާގޮތުން ރަށްރަށަށް ފުރަބަންދު ކަރަންޓީނަށް ދިއުމަށް އެދެންޖެހޭނީ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރިވުމަށްފަހު އެޕޯޓަލްގެ ހޯމްކަރަންޓީންވުމަށް އެދޭބައި ފުރިހަމަކުރުމުންނެވެ. މާދަމާއިން ފެށިގެން ހޯމް ކަރަންޓީނަށް ރަށްރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށްކަމަށްވެސް އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

އެ ޝަރުތު ތަކުގެ ތެރޭގައި މެޑިކަލް އިމަޖެންސީއެއް ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި، ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދާންޖެހުމާއި، ވަޒީފާގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއިި ގުޅިގެން އަދި ޝަރުޢީ ކޯޓަކަށް ޙާޒިރުވާންޖެހޭތީ ރަށަށް ދާންޖެހުން ހިމެނެއެވެ.

މިޝަރުޠުތައް ހަމަވާމީހުން، ހޯމްކަރަންޓީނަށް އެދުމަށްފަހު ކަމާގުޅުންހުރި ލިޔެކިއުންތައް ރަށުކައުންސިލަށް އީމެއިލް ކުރަންޖެހޭނެކަމަށްވެސް މިއުސޫލުގައި ބުނެ އެވެ. އަދި ކަރަންޓީންވާން އެދޭ ގެ ނުވަތަ ކޮޓަރި ބަލާ ޗެކުކުރުމަށްފަހު ހޯމްކަރަންޓީން ވުމާގުޅޭގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެންޖެހޭނެކަމަށްވެސް މިއުސޫލުގައި ބުނެފައިވެއެވެ.

ހޯމް ކަރަންޓީނަށް އެދި ހުށައެޅުމުން ކައުންސިލްތަކުން، "ޕޯޓަލް" މެދުވެރިކޮށް އެޕްރޫވްކުރުމުން ހޯމްކަރަންޓީންވުމަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައިކުރުމަށްފަހު އެމީހަކު ދަތުރުކުރުމަށް އެދިފައިވާ ތާރީޚަށް ކަރަންޓީނުގެ ލިޔުން އަދި ޢިމާރާތް، މޮނިޓަރިންގ ނޯޓިސް، ހާލުބެލުން ޕޯޓަލްގައި އަޕްލޯޑުކުރެވޭނެކަމަށްވެސް އެޗްޕީއޭގެ އުސޫލުގައި ބުނެއެވެ. އަދި ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި އޭނާ ހުންނަ ޢިމާރާތަށް މޮނިޓަރިން ނޯޓިސް ލިބުމުންކަމަށްވެސް އުސޫލުގައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19ޖެހޭ މީހުން އިތުރުވެ ދިވެހިން މިބައްޔަށް ޕޮޒިޓިވްވާ ޢަދަދު ރެކޯޑް ޢަދަދަކަށް މިހާރު އިތުރުވެފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރައްކާތެެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

އެޗްޕީއޭއިން މައުލޫމާތުދިންގޮތުގައި އޮގަސްޓު އެކަކުން ފެށިގެން 535 މީހުންނަށް ހޯމް ކަރަންޓީނަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދީފައިވެއެވެ. ހޯމް ކަރަންޓީން ވުމަށް ހުއްދަ ދީފައިވާ ބައެއް މީހުން، އެންމެ އެކަށޭނަގޮތުގައި ޤަވާއިދުތަކަށް އަމަލުނުކުރާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން އެފަދަ ބައެއް މީހުން ރަށަށް ދިއުމަށްފަހު ކަރަންޓީން ވުމުގެ ކުރިން ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކުރާކަން ފާހަގަކުރެވޭކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން