ކޮވިޑް ޖެހިފައިވާ ދެމައިން އައިސޮލޭޝަނަށް ގެންދަނީ: މިއަދު ވަނީ 89 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ
ކޮވިޑް ޖެހިފައިވާ ދެމައިން އައިސޮލޭޝަނަށް ގެންދަނީ: މިއަދު ވަނީ 89 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ
ރާއްޖެއިން މިއަދު އިތުރު 89 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 29 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 58 ދިވެހިންނާއި ބަންގްލަދޭޝްގެ 19 މީހަކާއި އިންޑިއާ 6 މީހުންނާ ސްރީލަންކާގެ 2 މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި އެމެރިކާ މީހަކާއި މިސްރު މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ބަލިޖެހުނު 89 މީހުންނާއެކު ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 4769 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 29 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2754 އަށް އަރާފައެވެ.

މިވަގުތު ބަލިޖެހިފައި ތިބީ 1996 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 1470 މީހުންނެވެ. މިވަގުތު ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 129 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ 7 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 ފަތުރުވެރިންނާއި 9 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 89 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 83 މީހެކެވެ. އަތޮޅު ތަކުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ބަލިޖެހިގެން 19 މީހަކު މިހާތަަނަށް ނިޔާވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން