ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަރުހަބާ ކިޔައިފި އެވެ.

ހެއްކާ ބެހޭ ބިލު އިސްލާހުކުރުމަށް މި ފެށޭ ވިިހިވަނަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަން ސަރުކާރުން މި ހަފުތާ ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްޖޭއޭއިން ބުނީ އެ ނިންމުމަކީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ސަރުކާރުން އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށާއި އަދި މިއީ ހެޔޮ ފާލެއްގެ ގޮތުގައިވެސް ދެކޭ ކަމަށެވެ.

މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ގާނޫނުގައި އޮތުމުން ފާއިތުވި ދެ އަހަރު އެމްޖޭއޭއިން ދިޔައީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް ވަކާލާތު ކުރަމުން ނެވެ.

"އެ އިސްލާހުގެ ދެލިކޮޕީ އެކުލަވާލުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް މި ޖަމިއްޔާއަށް ދެވެން އޮތް އެންމެ ފުރިަހމަ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން އަރުވަން. އަދި ނޫސްވެރިންނަށް ފަހިވާނޭ ގޮތަށް އެ އިސްލާހުގެ މަސައްކަރް އަވަސްކޮށް ނިންމައި ގާނޫނަކަށް ވެގެން އަންނާނެ ކަަމަށް މި ޖަމިއްޔާއިން އުއްމީދުކުރަން." އެމްޖޭއޭއިން ނެރުނު ބަޔާނުގައި ވެއެވެ.

ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ.

އެ ގާނޫނޫގައި ބުނެފައިވަނީ ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫނުން ދެވިދާނެ ކަމަށެވެ. އެގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން