ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނީ މިއަދު ހެނދުނުން ފެށިގެން މެންދުރު އެކަކާ ހަމައަށް ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަަމަށް ބެލެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

މިދުވަސްވަރަކީ ދުނިޔޭގައި ރެކޯޑް އަދަދަކަށް ހޫނުމިން މައްޗަށްދާކަން އިހުސާސް ކުރެވެމުންދާ އަހަރެކެވެ. އޭޕްރިލް މަހަކީ ދުނިޔޭގެ މިހާތަނަށް އެންމެ ހޫނު މަސްކަމަށް ރެކޯޑްތަކުން ދައްކައެވެ.

މެޓް އޮފީހުން މި ހަފްތާ ބުނިގޮތުގައި ޖޫން މަހާއި ސެޕްޓެމްބަރ މަހާއި ދެމެދު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް މިއަހަރުގެ އެމުއްދަތުގައި ވާރޭވެހޭނެކަމަށް ވެސް ބެލެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން