ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މާރާމާރީ ހިންގައިގެން ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލީ ޝަރުތުތަކަކާއެކު ކަން "ރަސް"އަށް އެނގިއްޖެ އެވެ.

އެމެރިކާއަށް ނިސްބަތްވާ އެ ބިދޭސީ މީހާ އިއްޔެ ހަމަލާދިނީ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށެވެ.

ސޯޝަލް މީޑއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުން އެ ބިދޭސީ މީހާ ހަމަލާ ދިނުމުން އެއާޕޯޓުގެ މުވައްޒަފަކު ވެސް ދިފާއުގައި ހަމަލާ ދޭން މަސައްކަތް ކުރެއެވެ.

ނަމަވެސް އޭގެ ކުރިން އެހެން މީހަކު އައިސް ބިދޭސީ މީހާ ހިފަހައްޓަ އެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ހަމަ އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ. އެހެންވެ އެހާ އަވަހަށް އޭނާ ދޫކޮށްުލުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް އޭނާ ދޫކޮށްލީ ވަކި ޝަރުރުތަކަކާއެކުކަން ވަނީ އެނގިފަ އެވެ.

އެގޮތުން 30 ދުވަހުގެ ތެރޭގައި ގާނޫނީ ކުށެއް ނުކުރުމާއި, ތަހުގީގަށް ބަޔާން ދިނުމަށް ފުލުހަށް ހާޒިރުވުމާއި އަދި މާލެ ފިޔަވައި އިތުރު ތަނަކަށް ނުދިއުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން