ރާއްޖޭގައި ތެލެސީމިއާ ބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ދެއްވައިފި އެވެ.

ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން އެކްސްގައި މިނިސްޓަރު ވަނީ ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ އެންމެނަށް ފަސޭހައިން އަދި ހަމަހަމަކޮށް ފަރުވާ ލިިބުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ ކޮންމެ ރައްޔިތަކަށް ވެސް ކޮލިޓީ ރަނގަޅު ފަރުވާއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ތެލެސީމިއާ ބަލި ކޮންޓްރޯލްކޮށް އަދި މެނޭޖުކުރުމުގައި މި ސަރުކާރުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ތެލެސީމިއާގެ ފަރުވާ ރަނގަޅުކުރުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ.

ސަރުކާރުގެ ހަރަދުގައި ތެލެސީމިއާ ކުދިންނަށް ބޯން މެރޯ ހަދައިދޭން ނިންމާފައިވާއިރު ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަރުކާރުން ވަނީ ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ފަށާފައެވެ. އެ ކެމްޕޭންގެ މަގުސަދަކީ ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުން ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން