ޗައިނާގެ އުޅަނދުން ރާއްޖޭގައި ދިރާސާއެއް ކުރާކަމުގެ މައުލޫމާތު ލިބިވަްައިގެންފައި ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މި އަހަރު ފެށުނު ފަހުން ޗައިނާގެ ސާވޭ އުޅަނދެއް ރާާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.، އަދި މިއީ ޖާސޫސުކުރަން ބޭނުންކުރާ އުޅަނދެއް ކަމަށް ދުނިޔޭގެ ބައެއް މީޑިއާތަކުން ތުހުމަތުކުރާއިރު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު އަމާޒުވުމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ދިރާސާ ކުރާ އުޅަނދެއް ރާއްޖޭގައި އޮތުމާ ދިރާސާ ކުރުމާވެސް ވަރަށް ތަފާތު ކަމަށެެވެ.

އެގޮތުން އެ އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔައީ ސީދާ ދިރާސާއެއް ކުރަން ކަމަށް އެނގިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަސަރުކުރާ ވަރުގެ ކަމެއް ކުރާ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ، ނޫނިއްޔާމު އަޅުގަނޑުމެންނާ ގުޅުންހުރި ކަމެއް އެ ރިސާޗު ވެސަލުން ކުރާ ކަމެއް އަޅުގަނޑުމެން ނުދެނެހުރީން އަދި ކުރާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،. ކުރާކަމަށް ވަންޏާމު އަޅުގަނޑުމެންނާވެސް ގުޅިގެން އެކަންކަން ކުރާނީ" ޝިޔާމް ވިދާޅުވި އެވެ

ޝިޔާމް ވިދާޅުވީ މީގެ ކުރިން އިންޑިއާއާއެކު ހައިޑްރޮގްރޮފީ އެއްބަސްވުމެއް ވެސް ސޮއިކޮށްފައި އޮތް ކަމަށާއި އަދި އެ އެގްރިމަންޓް އަދިވެސް އަންނަ މަހާ ހަމައަށް ދެމި އޮންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން