ޤާސިމް އިބްރާހީމްގެ ޓްވީޓްގައި ހިމަނުއްވާފައިވާ ގާނޫނު އަސާސީގެ ވާހަކަ ކިޔައިދޭ ތާރީޚީ މަންޒަރުތައް
ޤާސިމް އިބްރާހީމްގެ ޓްވީޓްގައި ހިމަނުއްވާފައިވާ ގާނޫނު އަސާސީގެ ވާހަކަ ކިޔައިދޭ ތާރީޚީ މަންޒަރުތައް
ޤާނޫނު އަސާސީ އެކުލަވާލުމުގެ ބުރަ މަސައްކަތުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށް ގާނޫނު އަސާސީ އެކުލަވާލާ ނިންމި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހިމް ޝުކުރު އަދާކުރައްވައިފިއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ދިވެހިންނަށް މިއިން ޒަމާނަކު ލިބިފައިނުވާފަދަ ހައްޤުތަކާއި ސިޔާސީ އަދި މަދަނީ މިނިވަންކަން ދިވެހިންނަށް ގެނެސްދިން ފެހި ޤާނޫން އަސާސީއަށް 12 އަހަރު ފުރުނުކަން ފާހަގަ ކުރައްވާފައި ވެއެވެ.

ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަދި އައު ޤާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރެވުނު 3 މަޖިލީހުގައި ވެސް މާމިގިލި ދާއިރާ ތަމްސީލު ކުރައްވާފައި ވަނީ ގާސިމް އިބްރާހީމެވެ.

ޤާނޫނު އަސާސީއަށް މިއަދު 12 އަހަރު ފުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރަށް މަރުހަބާ ދަންނަވައި އެ ޕާޓީގެ ކައުންސިލުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ މިމުހިންމު ގައުމީ މަސައްކަތުގައި ވެވަޑައިގެންނެވި ގުރުބާނީއާއި އަދާކުރެއްވި މުހިންމު ދައުރު އެއީ މި ޤާނޫނުއަސާސީ ވުޖޫދުކުރުމަށް ކުރެވުނު މަސައްކަތުގައި ރަންއަކުރުން ފާހަގަކުރެވޭނެ އަދި އެމަނިކުފާނަށް އެކަމުގެ ޝަރަފާއި ޝުކުރު ޙައްޤު، އިޚްލާސްތެރި މަސައްކަތްޕުޅެއްކަމަށެވެ.

ރާއްޖޭގެ ފެހި ގާނޫނު އަސާސީ ތަސްދީގުކޮށްފައިވަނީ 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން