ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވި ވަރަށް އަންހެނުން ކުރިއަރުވާން މަސައްކަތް ކުރެއްވި ވެރިއަކު ނާންނަ ކަމަށާއި ނަމަވެސް ދެން އެކަން ދާނީ ފަހަތަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ އެކްސްގައި ވިދާޅުވީ އަންހެނުން ކުރިއަރުވަންށޭ ކިޔައިގެން ހުރިހާ ޕާޓީއެއް ވެސް ދައްކަނީ ފޮނި ވާހަކަ ކަމަށެވެ.

ހަމަ އެހެންމެ ސަރުކާރުތަކުން ޔޫއެންގެ މުއާހަދާތަކުގައި އަންހެނުން ކުރިއަރުވަންށޭ ކިޔައިގެން ސޮއިކުރަނީވެސް ކަން ދައްކަންކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ހަގީގަތުގައި ކަމެއް ކުރަން ޖެހުނީމާ އޮންނަނީ ބަހަނާ ދެއްކުން ކަަމަށާއި އެއްވެސް ބަޔަކު އެކަން ކުރާން ބޭނުމެއް ނުވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވި ވަރުވީ ވެރިއަކު އަދި ނާދޭ. ދެން ދާނީ ހަމަ ފަހަތަަށް ކަން މިއަދު ވަރަށް ސާފުވެއްޖެ." ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާއަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްވެސް މެއެެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި އެންމެ ތިން އަންހެން ބޭފުޅުން އިންތިހާބުވެވަޑައިގެންނެވި އިރު ރޮަޒައިނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރަން އިސްލާހެއްވެސް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން