ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބޯން މެރޯ ހަދަން ފޮނުވި ދެ ކުދިންގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން ރޭ ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ބޯންމެރޯ ޓެސްޓު ހެދުމަށްޓަކައި މިހާރު ފަސް ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ދެ ކުދިންގެ އޮޕަރޭޝަން ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއާ މި ވާހަކަ ހިއްސާ ކުރިވަގުތުގައި ވިދާޅުވި ވާހަކަފުޅަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ އޭގެ ތެރެއިން ދެ ކުދިންގެ ބޯންމެރޯ ހެދުމުގެ އޮޕަރޭޝަން މިހާރު ވަނީ ނިމި ﷲގެ އިރާދަފުޅާއެކު ދެ ބޭފުޅުންގެ ސިއްހަތުވެސް ވަރަށް ރަނގަޅު. މިހާރުވަނީ ފަރުވާއަށް ފަހު އިތުރު އޮބްޒަވޭޝަންއަށް ދޫކޮށްލައިފަ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެން ތިބި ތިން ކުދިންގެ އޮޕަރޭޝަންތައްވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު އިތުރު 10 ކުއްޖަކު ބޯން މެރޯ ހެދުމަށް ބޭރަށް ފޮނުވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް ކުދިން އަހަރުގެ މެދުތެރޭގައި އަދި ބާކީ ފަސް ކުދިން އަހަރުގެ ފަހުކޮޅު ފޮނުވަން އިންތިޒާމްތައް ހަަމަޖައްސަމުންދާ ކަމަށެވެ.

ބޯންމެރޯ ހަދަން ފޮނުވަމުންދަނީ އިންޑިއާއަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން