އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް އަވަސްކުރަން މަޝްވަަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. މިއީ މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ ފުރަތަަމަ ރަސްމީ ދަތުރުފުޅުވެސް މެއެވެ،
މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރުއާ ވެސް ބަައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅަކީ ޖަޔަޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރު ޒަމީރު ރާާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ދަތުރުފުޅުގެ މަގްސަދަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.
ހަމަ އެހެންމެ ދެ ގައުމުގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރުން ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
"އިންޑިއާގެ ލޯނާއި ހިލޭ އެހީގައި ވަރަށް ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިނގަމުންދޭ.، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެ މަތިން ވީހާވެސް އަވަހަށް ނިންމާ އޭގެ ލާބަޔާ މަންފާ ވާނެގޮތަކަށް މަޝްވަރާކުރުން އެއީ މި ދަތުރުގެ މަގްސަދަކީ." މިނިސްޓަރ ވިދާޅުވި އެވެ.
އިންޑިއާގެ އެހީގައި މިހާރު ހިންގަމުންދާ އެންމެ ބޮޑު މަޝްރޫއަކީ ތިލަމާލެ ބުރިޖުގެ މަޝްރޫއެވެ.

ކިޔުންތެރިންގެ ހިޔާލު