މަގު މައްޗަށް ކުނި އަޅައިގެންނާއި ގަވައިދާ ހިލާފު ކަންކަން ކޮށްގެން މާލޭ ސިޓީ ކައުންސިލުން 190 މީހަކު ޖޫރިމަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ރަސް" އަށް ވިދާޅުވީ މަގު މައްޗަށް ކުނި އެޅުމުގެ މައްސަލަ އަދިވެސް ނުހުއްޓޭ ކަމަށެވެ.

އެގޮތުން މިިހާރުވެސް ކޮންމެ ދުވަހަކުވެސް 20 ވަރަކަށް ޓަނުގެ ކުނި ނަގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނި އެޅުމުގައި ބޮޑަށް އުޅެނީ ބިދޭސީން ކަަމަށާއި އޭޣެ 80 ޕަސެންޓަކީ ބިދޭސީން ކަމަށެވެ.

އޭގެ އިތުރުން ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން މަގުމަތީގައި ބިދޭސީން ވިޔަފާރި ކުރާ މައްސަލައިގައި ވެސް ޖޫރިމަނާކޮށްފައިވާ ކަަމަށް މީީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެއާއެކު ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 190 މީހަކު ޖޫރިމަނާކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުން ޖޫރިމަނާކޮށްފައި ވަނީ 500 ރުފިޔާއިން އެވެ.

ދާދި ފަހުން މަގު މައްޗަށް ކުނި އެޅި ބިދޭސީއަކު ވަނީ ޑިޕޯޓްކޮށްލަންވެސް ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން