ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމާ ބެހޭގޮތުން، ފޮރިން މިނިސްޓަރ މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރު އާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ އެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރު އާއި މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. ނިއުދިއްލީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާއި ކެޕޭސިޓީ ބިލްޑިންގ ފަދަ ދާއިރާތަކުން އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން އިތުތުކުރުމާބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.



ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، މިނިސްޓަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން