ހައުސިންގް ޑިވެލެޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހަފްތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އުފާ ފެސްޓިވަލް 2024 ނަމުގައި އެޗް.ޑީ.ސީ އިން ބާއްވާ މި ކުޑަކުދިންގެ ހަވީރަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ އިތުރުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތަކީ އެޗްޑީސީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖިފައިވަނީ ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެންނެވެ.



ހުކުރު ދުވަހު މި ފެސްޓިވަލް ފެށުމުގެ ގޮތުން ކޭކު ފެޅުމުގެ ހަރަކާތެއް ކުރިޔަށް ގެންދާނެއެވެ. މީގެ އިތުރުން މިސް ޔޫލީއާއެކު ކުޑަކުދިންގެ ވާހަކަ ކިޔުން، ރޮބޯމޭން ގެ ނެށުމުގެ ހަރަކާތް އަދި ރޭގަނޑު ބޮޑުބެރުގެ ހަރަކާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހޮނިހިރު ދުވަހު ހަވީރު ފެން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގޮސް ރޭގަނޑު މޫވީ ނައިޓް އަކާއެކު ހަވާ އެރުވުން ވެސް އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން