ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުޑަކުދިންނަށް މާދަމާ ސްޓެލްކޯގެ މާލޭ އިންޖީނުގެ ދައްކާލަން ހަމަޖެހިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ މި ހަރަކާތުގެ އަމާޒަކީ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތު އެކުޑަކުދިންނަށް ފަހިކޮށްދިނުންކަމަށެވެ.

މީގެއިތުރުން ހަދިޔާ ބެހުމާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަރަކާތެއް ސްޓެލްކޯގެ ހެޑް އޮފީހުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 10 މެއި 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 ށެވެ.



ސްޓެލްކޯއިން ބުނީ މިޙަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަކީ އެކުންފުނީގެ ވަރަށްބޮޑު އެދުމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން