ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު
މަސްތުވެގެން ހުރި ފުލުހަކު މަސްތުވާތަކެއްޗާއެކު ކ. ކާށިދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ 33 އަހަރުގެ މި ފިރިހެން މީހާ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތިން ޕެކެޓް ފެނިފައިވާ ކަމަށެވެ. މި ޕެކެޓްތައް ފެނުނީ އޭނާ ދިރިއުޅޭ ތަނުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މައުލޫމާތުދިންގޮތުގައި އޭނާ ހައްޔަރުކޮށް ޔޫރިން ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ކާށިދޫ މެޖިސްޓްރޭޓްކޯޓުން މިހާރު ވަނީ 10 ދުވަސް ޖަހައިދީފަ އެވެ. އެހެން ރަށެއްގައި މަސައްކަތް ކުރާ އެ ފުލުސް މީހާ ކާށިދޫ އަށް ގޮސް ހުރީ ޗުއްޓީގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެފަދަ އެކި ކުށްތަކަށް ހުށަހެޅޭ ފުލުހުން ހައްޔަރުކޮށް މައްސަލަ ބަލައި ވަޒީފާ އިން ވަކިކޮށް އެކިކަހަލަ ސްލޫކީ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ފުލުހުންގެ އިދާރާއިން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން