ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުން މިރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 8 ދިވެހިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ފުލުހުން ހިންގައެެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން