ރާއްޖޭގެ އިގްތިސާދީ ޙާލަތު "މުޢިއްޒު ދުވެލީގައި" ކުރިއަރަން ފަށައިފި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މޯލްޑިވިއަން ފްލީޓަށް އިތުރު އޭ.ޓީ.އާރު މަތިންދާ ބޯޓެއް ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓްވަމުންދަނިކޮށް ޙާލަތު ރަނގަޅުކޮށްދިނީ މި ސަރުކާރުން ކަމަށެވެ.

އެގޮތުން މި ސަރުކާރު ފެށުނު އިރު އައިލެންޑް އޭވިއޭޝަން ފަދައިން ސަރުކާރުގެ ބައެއް ކުންފުނިތައް އޮތީ ބަނގްރޫޓުވެފައި ކަން މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ. ނަމަވެސް ސަރުކާރު ފެށުނު އިރު ދަށްކޮށް އޮތް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މުޢިއްޒުގެ ދުވެލީގައި މިއަދު ކުރިއަރަން ފަށައިފައިވާ ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން