ކުޑަކުދިންނަކީ މާދަމާގެ ފޮނި އުއްމީދުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމަށާއި އަދި ހިތްތަކުގެ ހަމަޖެހުން ވެސް ކަމަށެވެ. އަދި އެ ކުދިންނަކީ މާދަމާގެ ފޮނި އުއްމީދު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނު ދަނީ ކުޑަކުދިންނާ ގުޅޭ ކަންކަަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ނެވެ.

އެގޮތުން ކުޑަކުދިންގެ ތެރޭގައި ގަނާ ކުރުމާއި އަނިޔާ ކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ރައީސް މުހައްމަދު މުއިއްޒު ހާއްސަ ޓާސްކްފޯސްއެއް މިދިޔަ މަހު އެކުލަވާލި އިރު ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންގެ ފޯސްޓާ ކުރަން ބޭނުން އާއިލާތަކަށް ސަރުކާރުން މާލީ އެހީ ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ހަމަ އެހެންމެ ކުށްކުރާ ކުޑަކުދިން އިސްލާހުކުރަން ހާއްސަ ފެސިލިޓީއެއް ގާއިމުކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން