ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އދ.ގެ އާންމު މަޖިލީހުން ފާސްކުރުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.​

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ފަލަސްޠީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮތް ގައުމެއްކަމަށާއި މިއަދު ފާސްކުރި ގަރާރަކީ ރާއްޖެއިން ކޯ ސްޕޮންސަރ ވެސް ކޮށްފައިވާ ގަރާރެއް ކަމަށެވެ.

އަދި އދ.ގެ އެމެޖެންސީ ސެޝަންގައި މިއަދު ނެގި ވޯޓުގައި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ގަރާރު ފާސްކުރުމުން އެ ކަމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޒަމީރު ވަނީ ރާއްޖެއިން އަބަދު ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމާއި، އިން ވަކި ކުރެވިފައިވާ މިނިވަން ވަކި ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި އެގޮތަށް ފާސްވީ 143 ގައުމެއްގެ ތާއިދާއެކުއެވެ.

އެގޮތުން 143 ގައުމުން ވަނީ ފަލަސްތީނަށް އދ.ގައި ފުރިހަމަ މެމްބަރުކަން ދިނުމަށް ވޯޓްދީފައެވެ. ނުވަ ގައުމަކުން އެ ކަމާ ދެކޮޅަށް ވޯޓް ދީފައިވާއިރު 25 ގައުމަކުން މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން