މި ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މިއަހަރު 113 މިލިއަން ރުފިޔާ އެކިފަރާތްތަކަށް ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން ޢާއްމުކޮށްފައިވާ ރިޕޯޓުން ސަރުކާރުން ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން އެނގެން އޮތް ނަމަވެސް އެ ފައިސާ ދިނީ ކޮން ބަޔަކަށްކަން އެނގޭކަށް ނެތެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް މި އަހަރު ބަޖެޓުގައި ހިމަނާފައިވަނީ 101 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދީފައެވެ. އޭގެތެރެއިން 438.1 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.

މިސަރުކާރުން މިއަހަރު ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި ވެރިކަމުގައި ބަދަލުގެ ގޮތުގައި ދިނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެކިފަރާތްތަކަށް ބަދަލު ދެއްވާފައިވަނީ ރައްޔިތުންގެ ބޮލުގައި އިލްތިޒާމެއް އަޅަން ޖެހިދާނެތީ ކަމަށެވެ.

އެގޮތުން މިސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ މީގެ ކުރިން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން