މިސަރުކާރުން އަނބުރާ ފޮނުވާލީ އިންޑިއާގެ 76 ސިފައިން ކަމަށާއި ސެނަހިޔާގައި ތިބި ޑޮކްޓަރުން އަދިވެސް އެބަތިބި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، އިންޑިއާ ޑޮކްޓަރުން ރާއްޖޭގައި މަސައްކަތް ކުރަށްވަނީ ވަރަށް ކުރު މުއްދަތަކަށް ރޮޓޭޝަނަލް ބޭސެސްއެއްގައި ދައުލަތުން ދޫކުރާ ވިސާއެއްގައި ކަަމަށެވެ.
"ހަމަ ޑޮކްޓަރުން ދޭ ހިދުމަތް ދިނުން، އަދި ރޮޓޭޓްވާއިރު އަންނަ މީހުންނަކީ ރިކުއާމެންޓް އޮތްގޮތުން މިކޮޅުން އެދިގެން އަންނަ މީހުން، އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫން ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ." ޣައްސާން ވިދާޅުވިއެވެ.
އަދި އެމީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ފެނިއްޖެނަމަ، އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ގެންދިއުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ 10 ސެޕްޓެމްބަރު 2012 އިން ފެށިގެން ދިވެހި ސިފައިންނަށް ހިދުމަތް ދިނުމަށް ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށެވެ.
މޫސާ ޒަމީރު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ގަމާއި ހަނިމާދޫ އަދި ކައްދޫގައި ތިބި 76 ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވާލެވިފައިވާ ކަމަށެވެ. އޭގެ އިތުރުން ރާއްޖެއިން ބޭލި ކޮންމެ އިންޑިއާ ސިފައިންގެ މީހަކަށް މިހާރު އިންޑިއާގެ މަދަނީ މީހެއް ގެނެސްފައިވާކަމަށާއި އެމީހުން ރާއްޖެއިން ފޭބުމަށް އެއްބަސްވެފައިވަނީ 2026ގައި ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް މިއަދު ވިދާޅުވީ ސ. ގަމުގައި ތިބީ 26 މީހުން ކަމަށާއި ހަނިމާދޫގައި 25 މީހުން އަދި ލ. ކައްދޫގައި ތިބީ 25 އިންޑިއާ މަދަނީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު