ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ނިއްމައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "އުފާ ފެސްޓިވަލު" ގައި މިރޭ 22:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސިފްކޯ އިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ ތިން މިނެޓް ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

"އުފާ ފެސްޓިވަލު" އަކީ ފެމިލީ މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް އަދި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެެވެ. ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ، މަޖާ ކުރެވޭގޮތަށް ރާވާފައިވާ ފެސްޓިވަލަކަށްވާއިރު މި ފެސްޓިވަލުގައި، މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނޭކަަމަށް، މި ހަރަކާތް ރާވާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެެވެ.

އުފާ ފެސްޓިވަލް ކުރިއަށްދާނީ މިރޭ 8:00 އިން 10 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން