ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ މާލެއަތޮޅު ކުޑަގިރިން ކުރިމަގުގައި ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުނީގެ ބެލުމުގެ ދަށުގައި މިހާރު އޮތް ކުޑަގިރި އިތުރު ވަސީލަތްތަކާއެކު ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ކުޑަގިރި ތަރައްގީ ކުރުުމުގެ މަސައްކަތް އެޗްޑީސީން މިހާރު ފަށާފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.



"ރައްޔިތުންނަށް ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ކުރިމަގުގައި ކުޑަގިރިން ލިބިގެންދާނެ،" ފަޒުލް ވިދާޅުވިއެވެ.

ކުޑަގިރިއަކީ އެމްޓީސީސީއާއި ބިން ހިއްކުން ހަވާލުކޮށް އަދި ސަރުކާރުގެ ގިނަ ކުންފުނިތަކެއް ގުޅިގެން ސީއެސްއާރުގެ ދަށުން ގިނަ މަސައްކަތްތަކެއްމޮށް ތަރައްގީކޮށް ހަދާފައިވާ ރަށެކެވެ. އެ ޕިކްނިކް އައިލެންޑް ތަރައްގީކޮށް ހުޅުވާފައިވަނީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން