ނަރުހުންނަށް އަމާޒުކޮށް އެމްއެންޑީއެފުން ލީޑާޝިޕް ޕްރޮގްރާމެއް ހިންގައިފި އެވެ.

މިއީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަރުހުންނަށް ހިންގި ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރއިން އިސްނަގައިގެން، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން އެ ޕްރޮގްްރާމް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ގިރިފުށީގަ އެވެ.



ޓީމް ބިލްޑިންގްއާއި ލީޑަރޝިޕާ ގުޅުންހުރި ހަރަކާތްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މާލެ ސިޓީގެ ހޮސްޕިޓަލްތަކުންނާއި، އެމްއެންޔޫގެ ސްކޫލު އޮފް ނާސިންއާއި، ވިލާ ކޮލެޖް އަދި އެންޖީއޯތަކުން 34 ނަރުހުން ބައިވެރިވިއެވެ.

އެ ޕްރޮގްރާމް ކުރިއަަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ މުދައްރިބުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.



މި އަހަރުގެ ނަރުހުން ދުވަހުގެ ޝިއާރަކީ، "އަހަރުމެންގެ ނަރުހުން، އަހަރުމެންގެ ކުރިމަގު-ފަރުވާގެ އިގްތިސާދީ ބާރު" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން