ނަރުހުން އަދާކުރައްވަމުން ދަނީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ވަނީ ނަރުހުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

އެގޮތުން ނަރުހުންނަކީ ސިއްހީ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބޭ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ބޭފުޅުން އަދާ ކުރައްވަމުން ގެންދަވަނީ ގައުމީ ވާޖިބެއް ކަމަށެވެ.

ހަމަ އެހެންމެ އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ގެނައުމަށް ދަނީ މަސަައްކަތް ކުރައްވަމުން ނެވެ. އެގޮތުން އާ ހޮސްޕިޓާތައް ބިނާކޮށް ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ސިއްހީ ދާއިރާގެ މުސާރަތަކަށް ހެއު ބަފަލުތައް ގެނަސް ދެއްވުން ހިމެނެއެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ.

ދިވެހި ނަރުހުން ތަމްރީނުކޮށް އެދާއިރާއަށް ވީހާވެސް ގިނަ ދިވެހިން ނެރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން