މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކައުންޓް ފްރީޒްކޮށްގެން ދަޢުލަތަށް 43.3 މިލިއަން ރުފިޔާ ހޯދައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ޢާއްމު ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކައުންޓް ފްރީޒްކޮށްގެން 43.3 މިލިއަން ރުފިޔާ ދަޢުލަތަށް ވަނީ ހޯދައިފައެވެ.
ފުރަތަމަ ކުއާޓާގައި އެކިފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ 797.8 މިލިއަން ރުފިޔާ ހޯދާފައިވާއިރު އޭގެތެރޭގައި އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން ހޯދާފައިވާ 488.8 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އޭގެ އިތުރުން ޑިއުސް ކްލިއަރެންސް ކޮށްގެން 227.9 މިލިއަން ރުފިޔާ އާއި އިތުރަށް ހަނދާންކޮށްދީގެން 12.5 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.
ހަމައެއާއެކު އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ ފުރުސަތު 231 ފަރާތަކަށް ދީފައިވާއިރު އެއީ ޖުމްލަ 502 މިލިއަން ރުފިޔާ ކަމަށްވެސް ތަފާސް ހިސާބުގައިވެއެވެ.
މީރާއިން މިހެން ބުނެފައިވާއިރު މިއަހަރުގެ މިހާތަނަށް ދަޢުލަތަށް ލިބުނީ 11.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު