ފުނަދޫ ކައުންސިލް އިދާރާ: ފޮޓޯ/ރަސް އޮންލައިން
ފުނަދޫ ކައުންސިލް އިދާރާ: ފޮޓޯ/ރަސް އޮންލައިން
ށ. ފުނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ، ޑަބްލިއުޑީސީގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެ އެވެ.

ފުނަދޫގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަން އަންނަ މަހު އަށް ވަނަ ދުވަހު ބާއްވަން ނިންމައި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން މި މަހުގެ 9 ވަނަ ދުވަހު މުއްދަތު ހަމަވިއިރު ކުރިމަތިލީ އެންމެ ބޭފުޅެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެހެންވެ އެ މަގާމަށް ކުރިމަތި ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް ބާއްވަމުން ގެންދާ ކައުންސިލްތަކުގެ އިންތިހާބުތަކުން ކާމިޔާބު ހޯދަމުން ދަނީ ވެރިކަން ކުރާ ޕީއެންސީން ނެވެ.

ޑަބްލިއުޑީސީގެ ގިނަ ގޮނޑިތަކުގެ އިންތިހާބުތައް ދޭތެރެ ދޭތެރެއިން ބާއްވަ އެވެ، އެއީ އެ މަގާމުތަކުން މީހުން އިސްތިއުފާ ދޭލެއް ގިނަކަމުން ނެވެ.

އެ މަގާމަށް ކުރިމަތިލާ އަންހެނުން މަދު ވުމުގެ މައްސަަލަ ވެސް ބޮޑެވެ. އީސީން ބުނެފައިވާ ގޮތުގައި އެކަމުގެ ސަބަބު ހޯދަން ހާއްސަ ދިރާސާއެއް ހަދަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން