ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި އެ މިނިސްޓްރީގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި އެވެ.

ލޭ ހަދިޔާ ކޮށްދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ މިއީ އިންސާނިއްޔަތަށް ކޮށްދެއްވި ހިދުމަތެއް ކަމަށެވެ.

ހަމަ އެހެންމެ ލޭ ބޭނުންވާ މިންވަރު އަބަދުވެސް ވަރަށް ބޮޑަށް އިތުރުވާތީ ކޮންމެ މީހަކުވެސް ކެރި ފޯރުން ހުރި މިންވަރަކުން ލޭ ހަދިޔާ ކުރުމަށް މިނިސްްޓަރު އިލްތިމާސް ކުރެއްވި އެވެ.

"ހާއްސަކޮށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ބެހެއްޓޭނެ. އެ ކުދިންނަށް ބޭނުންވާ އިރެއްގައި ދޭ ދެވޭ ގޮތަށް." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާާމްތައް ބާއްވައިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން