ރާއްޖޭގެ ފުރަތަމަ ވެޓްލޭންޑް ގާޑަން ނުވަތަ އައްޑޫސިޓީ މީދޫ މަތިކިޅި އިކޯގާރޑަންއަށް ވަނުމަށް ފީއެއް ނަގަން ފަށައިފި އެވެ.

އެ ގާޑަންއަށް ވަނުމަށް ފީއެއް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގަ އެވެ.

އަދި އިއްޔެ ވަނީ ފީ ނަގަން ފަށައިފަ އެވެ.

އެ ފީ ނަގަން ފެށީ ދެމެހެއްޓެނިވި ގޮތުގައި އެ ގާޑަން ބަލަހައްޓައި އަދި އެތަނުގެ އެކި ސަރަހައްދުތައް ވަކި ވަކި ފަރާތްތަކަށް ކުއްޔަށް ދޫކުރާނެ ލުއި ފަސޭހަ ގޮތްތައް ބަޔާންކޮށް ދެފުށް ފެންނަ ގޮތަށް އުސޫލުތައް ގާއިމުކުރުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އިކޯ ގާޑަންއަށް ގިނަވެގެން ވަދެވޭނީ 45 މިނެޓަށެވެ. އެއީ ދިވެހީންނަށް 10 ރުފިޔާ، ވޯކް ވިސާގައި ތިބޭ ބޭރު މީހުންނަށް 15 ރުފިޔާ އަދި ބިދޭސީންނަށް 50 ރުފިޔާގެ މަގުން ނެވެ.

އަދި ޕާޓީތަކަށާއި ހަފްލާތަކަށް ތިން ގަޑިއިރަށް 800 ރުފިޔާއަށް އެތަން ދޫކުރާނެ އެވެ.

އިކޯ ގާޑަންއިން ލިބޭ ފައިސާ ޖަމާކުރާނީ އައްޑޫ ކޮންޒަވޭޓިވް ޓްރަސްޓަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން