ހިޔާ ފްލެތްތަކުގެ މެއިންޓެނެންސް މަސައްކަތް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހިޔާ ފްލެޓްތަކުގެ ލިފްޓްތައް މަރާމާތުކުރުން ދިގުލައިގެންދާތީ އާާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.

ޕީއެސްއެމްއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެޗްޑީސީގެ ޖެނެރަލް މެނޭޖަރު އިސްމާއީލް އަގީލް ވިދާޅުވީ މީގެ ކުރިން އެ ލިފްޓްތަކުގެ މަސައްކަތް ކުރަމުން ދިޔައީ ދެ ކުންފުންޏަކުން ކަަމަށެވެ.

އެހެން ނަމަވެސް 50 އަށް ވުރެ ގިނަ ލިފްޓް ހިޔާގައި ހުންނައިރު އެންމެ ދެ ކުންފުންޏަކުން އެކަން ކުރެވޭ ވަރުގެ ކެޕޭސެޓީއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އެންމެ ހައި ރައިސް ބިލްޑިން. މެއިންޓެނެންސް ކަންތައްވެސް އެންމެ އަވަހަަށް ފްރީކުއަންސީއާ ލޯޑަށް ބަލާލާއިރު ޖެހޭ. މިހާރު އަޅުގަނޑުމެން އެންމެ ފަހުން ކޮންޓްރެކްޓް ހެދިގެން މި ދިޔައީ ހަތަރު ބައި މީހުންނާ. އެއީ ވެސް މި ޚިދުމަތް އަވަހަށްދީ އެފިޝިއެންޓް ކުރުމަށްޓަކައި،" އަގީލް ވިދާޅުވިއެވެ.

ލިފްޓްތަކުގެ މެއިންޓެނެންސްގެ މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ދާދި ފަހުން ވަނީ ހިޔާގައި އިތުރު ލިފްޓްތައްވެސް ޗައިނާ ސަރުކާރުގެ އެހީގައި ބަހައްޓަން ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން