ޕާކިސްތާނުގެ ޔުނިވާސީޓީއަކުން އެކި ދާއިރާތަކުން ޕީއެޗްޑީއާ ހަަމައަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު ހުޅުވާލައިފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ހުންނަ ބަހްރިޔާ ޔުނިވާސިޓީން ކަމަށެވެ.

އެގޮތުން ބެޗެލާޒް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް 10 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އޭގެ ތެރޭގައި ބިޒްނަސް، އެންވަޔަރަމަންޓަލް ސައިންސް، އިސްލާމިކް ސްޓަޑީޒް، ލޯ، މީޑިއާ، އަދި ސައިކޮލޮޖީ ފަދަ ދާއިރާތައް ހިމެނެ އެވެ.

ނަމަވެސް އެ ޔުނިވާސިޓީން ޖާގަ ދެނީ ކިތައް ދަރިވަރުންނަށް ކަމެއް ހާމައެއް ނުކުރެއެވެ. އެ ޔުނިވާސިޓީގައި ކިޔަވަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބަހްރިއާ ޔުނިވާސިޓީއަކީ ޕާކިސްތާނުގައި އެންމެ ފާހަގަކޮށްލެވޭ ޔުނިވާސިޓިތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން