އެމްޑީޕީގެ ބާރު އޮތްއިރު ރައްޔިތުންގެ މަޖިލީހުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ނުނިންމުމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަށް އެ ޕާޓީގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޙުށަހެޅުއްވީ މިދިޔަ މާޗު މަހު އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ 19 ވަނަ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާ މިއަދު ބޭއްވިއިރު ރޮޒައިނާ ހުށަހެޅުއްވި އެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ.

އެ ބިލަށް އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވެސް ވަނީ ތާއިދުކުރަށްވައި ވާހަކަ ދައްކަވައިފަ އެވެ.

ނިޔާޒްގެ ވާހަކަތަކަށް މެމްބަރު ސަލީމް މިއަދު ވަނީ އެކްސްގައި ރައްްދު ދެއްވައިފަ އެވެ.

"އަންހެނުން ބާރުވެރި ކުރުވަން އެނގިވަޑައިގަތީ ދައުރު ނިމުނީމަތޯ؟ ތިމަންނާގެ ބާރު އޮއްވާ މިކަންކަން ނުކުރީ ކީއްވެތޯ؟" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އަންހެނުން ބާރުވެރިކުރަން މަޖިލިސް ގޮނޑިތަކެއް އަންހެނުންނަށް ހާއްސަ ކުރާ ވާހަކަ މިއަދު ދެއްކުމުން އެނގެނީ އެމްޑީޕީގެ އެއްވެސް އިހުލާސްތެރިކަަމެއް ނެތް ކަން ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން