އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންނާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި މެންބަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި މެންބަރުންނާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވާފައި ވާކަމަށެވެ. އެ ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތެއް އެމްޑީޕީން ހާމައެއް ނުކުރެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 12 ދާއިރާ އެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އަންނަ މަޖިލީހަށް އިންތިހާބުކޮށްފައިވާ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ޕީއެންސީން ކާމިޔާބުކޮށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން ވަނީ ސުޕަމެޖޯރިޓީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން