އިސްރާއިލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް މިހާރުން މިހާރަށް ހުއްޓުވައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ)އިން އިސްރާއިލާއިމެދު ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ހައްދު ފަހަނައަޅާފައިވާ އިސްރާއިލު ސިފައިން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު ޣައްޒާގައި، އަދި ހާއްސަކޮށް ރަފާގައި ފެންނަމުންދާ މަންޒަރަކީ މަރުތައް އިތުރުވެ، ގިނަ ބަޔަކު ގެދޮރު ދޫކޮށްދާ މަންޒަރު ކަމަށެވެ. ރައީސް ވިދާޅުވީ އެ މަންޒަރު ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ނުތިބޭނެ ކަމަށެވެ. އަދި އިސްރާއިލްގެ އަތްދަށުވެ ޣައްޒާ ފަނާވެގެން ދާތަން ބަލަން ނުތިބޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



އެމަނިކުފާނު ވިދާޅުވިގޮތުގައި ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ އެެވެ. ރައީސް މިހެން ވިދާޅުވިއިރު ދެކުނު އެފްރިކާއިން މިހާރު ވަނީ ރަފާ އިސްރާއިލްގެ އަތްދަށުން ސަލާމަތްކުރުމަށް، ރަފާއިން އިސްރާއިލް ވަކިކުރުމުގެ އަމުރަކަށް އެދި ބައިނަލްއަގުއާމީ ޖިނާއީ ކޯޓަށް މައްސަލަ އެއް ހުށައަޅާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމި ތިބޭނެ ކަމަށާއި، 1967 ގެ ކުރިން އިރުމަތީ ގުދުސްގެ ވެރިރަށަށް ފަލަސްތީނުގެ ބާރު ހިނގި އުސޫލުން މިނިވަން ދައުލަތެއްގެ ހައްގު ހޯދުމަށް އަޑު އުފުލާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ދައުލަތުގެ ވެރިކަން ހަގީގަތަކަށްވެ، ފަލަސްތީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ކަރާމާތާއި ސުލްހައާއި ތަނަވަސްކަމުގެ ދިރިއުޅުމެއް ނޫޅެވޭހާ ހިނދަކު ދިވެހި ސަރުކާރާއި ރައްޔިތުންގެ އަޑު ކެނޑިގެން ނުދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން