ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ދިރާސީ އަހަރު ފެށެންވާއިރަށް ބައެއް ސްކޫލްތަކަށް ފަންކާ ހޯދުމަށް ބެލެނިވެރިންގެ އެހީއަށް އެދި ސްކޫލްތަކުން ބެލެނިވެރިންނަށް މެސެޖްކުރި މައްސަލަ ހޫނުވެ އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޑިއުކޭޝަން މިނިސްޓަރު އިސްމާޢިލް ޝަފީއު ވިދާޅުވީ މިފެށޭ ދިރާސީ އަހަރާއިއެކު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަން ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަން ދެެެއްވާ ދެކަމުގެ ތެރޭގައި ސްކޫލްތައް އޭސީ ކުރުން ހިމެނޭކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު މިމަހުގެ ތެރޭގައި ފައްޓަވާނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާނަން" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝަފީޢު ވިދާޅުވީ އަންނަ ދިރާސީ އަހަރާއިއެކު ފަށާ މަޝްރޫއުތަކުން ދެން އެންމެ އިސްކަމެއް ދޭނީ މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުންކަމަށެވެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. 

"މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ." އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން