އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރިވަނީ
އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރިވަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކަށް ފަހު އުސޫލުތަކަށް ނުފެތޭ މާލެ ސަރަހައްދުގެ 15 ތަނެއް މިއަދުވެސް ބަންދުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ޖުމްލަ 111 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ބަންދުކޮށްފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ 6 ތަނާއި، 6 ފިހާރައާ 2 ސެލޫން ކަމަށެވެ.

އެޗްޕީއޭ އިން ކޮންމެ ދުވަހަކު ވެސް މި އިންސްޕެކްޝަން މިހާރު ކުރިއަށްގެންދާއިރު، މި އިންސްޕެކްޝަނުގެ ތެރެއިން ބަންދުކުރާ ތަންތަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިސްލާހުކޮށްފިނަމަ ހުޅުވަން ހުއްދަ ދޭން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާއެކު އެޗްޕީއޭއިން އަންނަނީ މާލެ ސަރަހައްދުގައި އާންމު ޚިދުމަތް ދެމުންގެންދާ ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިންގަނޑުތަކަށް ނުފެތޭނަމަ އެތަންތަން ބަންދު ކުރަމުންނެވެ. އެކަން އެޗްޕީއޭއިން ފަށާފައިވަނީ މިދިޔަ މަހުގެ 29 ގައެވެ.

މާލެ ސިޓީ ލޮކްޑައުންގައި އޮތުމަށްފަހު އަލުން ހުޅުވާލައި އާންމު ޚިދުމަތްދޭ ތަންތަން އަލުން ހުޅުވާލުމަށް ހުއްދަ ދިންއިރު ކޮންމެ ދާއިރާއަކުން އަމަލުކުރަންވީ ވަކިވަކި އުސޫލުތަކެއް ވަނީ އެކުލަވާލާ ގެޒެޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން