އިއްޔެ އއ. އުކުޅަހުގައި ހިނގި ސައިކަލު އެކްސިޑެންޓްގައި އަނިޔާވި ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.

އުކުޅަސް ހިއްކި ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ވެއްޓި، ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

އަދި ހާލު ސީރިއަސްކަމުން އިއްޔެ މާލެ ގެނެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްޗުގަ އެވެ.

ނަމަވެސް އެ ކުއްޖާގެ އާއިލާގެ މީހަކު ބުނީ ސީޓީ ސްކޭނުން ބޮލަށް ގެއްލުމެއް ލިބިފައިވާކަމަށް ނުދައްކާ ކަމަށެވެ. އަދި މިހާރު ހާލު ސީރިއަސް ނޫން ކަމަށް ބުނެއެވެ.

އަދި މިހާރު ކުއްޖާއަށް ފަރުވަ ދެމުންދަނީ ވޯޑުގައި ކަމަށް އާއިލާއިން ބުނެއެވެ.

އޭނާއަށް ލިބިފައިވަނީ އަތާއި ފަޔަށް ލިބުނު ގެއްލުންތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން