ކޮމަންވެލްތުގެ ޓްރޭޑް އެންޑް އިންވެސްޓްމެންޓްގެ ބައްދަލުވުމަކަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، މި ބައްދަލުވުމުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާރވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމެންޓް ބޭންކް އުފެއްދުމުގެ މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި ރާއްޖޭގައި ފައިނޭންޝަލް މާރކެޓެއް ހުޅުވުމަށް އެހީތެރިކަން ހޯދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މިދަތުރުގައި އިނގިރޭސިވިލާތުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އެކު ރާއްޖޭގެ މާލީ ނިޒާމު ޒަމާނީކޮށް ބައިނަލަގްވާމީ މާލީ އިދާރާތައް ރާއްޖޭގައި ހިންގުމަށް ބޭނުންވާ އޮނިގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމަށް މަޝްވަރާ ކުރާނެއެވެ.

މިނިސްޓަރުގެ މި ދަތުރުގައި މިނިސްޓަރ ސައީދު އިނގިރޭސިވިލާތުގެ ސަރުކާރާއި ހައުސް އޮފް ލޯރޑްސް އަދި އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން