އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަގުތުން ވަގުތަށް ޖޭއެސްސީއިން އިސްތިއުފާ ދެއްވައި ޖޭއެސްސީ މިނިވަން ކުރުމަށް ޑީއާރުޕީން ގޮވާލައިފިއެވެ.

ޖޭއެސްސީގެ މިނިވަންކަމާއިމެދު ސުވާލު އުފައްދައި ޑީއާރުޕީން ކޮށްފައިވާ ޓްވީޓްތަކެއްގައި ވަނީ ޕާޓީގެ ލީޑަރު އަދި ޗެއާމަން ޖާބިރު އެދިވަޑައިގަންނަވަނީ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީން އިސްތިއުފާ ދެއްވުމަށްކަމަށެވެ. ޖޭއެސްސީއަކީ މިނިވަން މުސްތަގިއްލު ތަނަކަށް ވާންޖެހޭއިރު އެތަނުގައި ރައީސް ނަޝީދުގެ ސިޔާސީ ކުޅިވަރު ކުޅުމުގެ ފުރުސަތު މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުވަނީ ގޮވާލައްވާފައެވެ.

"މިއީ ޑީއާރުޕީން ބަލައި ގަންނާނެ ކަމެއްނޫން. ޑީއާރުޕީގެ ލިޑަރު ޗެއާމަން ޖާބިރު މި ގޮވާލަނީ ވަގުތުން ވަގުތަށް ޖުޑީޝަރީ މިނިވަން ކުރުމަށްޓަކައި އެމްޑީޕީގެ ރައީސް ޖޭއެސްސީން އިސްތިއުފާދީ ޖޭއެސްސީގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭ ގޮތަކަށް ޤާނޫނު އިސްލާހު ކުރަން. ނޫނީ މަޖިލިސް ތަމްސީލް ކުރާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ޖޭއެސްސީގައި ހިމެނުމަށް ގޮވާލަން." ޑީއާރުޕީގެ ލީޑަރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ބޮޑު އައުލަބިއްޔަތެއް ދިނީ ޖުޑީޝަރީއާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްކަމަށެވެ. ސިޔާސީ ނުފޫޒާއި ސިޔާސީ ބާރުގައި ވަކި ގޮތަކަށް ކަންކަން ކުރުމަކީ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތެއް ނޫންކަަމަށާއި މިއަދު ފެނިގެންދަނީ ރައީސް ނަޝީދާއި ނަޝީދުގެ ބައިވެރިން ޖޭއެސްސީއާއި މުޅި ޖުޑިޝަރީ ހިސޯރު ކޮށްފައިވާ މަންޒަރުކަމަށް ޑީއާރުޕީން ބުނެފައިވެއެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީއަށް ރައްޔިތުން ވޯޓު ދިނީ ޖުޑިޝަރީ މިނިވަންކުރުމުގެ ވައުދު ތަންފީޒު ކުރުމަށް. ނަމަވެސް މިއަދު ފެނިގެންދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ޖުޑިޝަރީ ހިސާރު ކޮށްފައިވާ މަންޒަރު." ޗެއަރމަން ޖާބިރުގެ ޑީއާރްޕީން ބުނެފައި ވެއެވެ.

ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތުން ޖޭއެސްސީގައި އޮތީ ރައީސް ނަޝީދާއި ނަޝީދުގެ ލޯޔަރުންގެ ޓީމުގެ ނުފޫޒާއި ބާރުކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ވިދާޅުވެއެވެ. އަދި ޖޭއެސްސީން ވަކިވަކި ފަނޑިޔާރުން ވަކިކޮށް ސަސްޕެންޑް ކުރަމުންދަނީ ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލް ކުރުމަށްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން