ގައުމު ދެމި އޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު ވަނީ އާއިލާތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ ލޯތްބާ ގައުމީ ހިދުމަތާ ގައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އައިލާތަކުގެ ތެރެއިން ކަމަށެވެ.

އެހެންވެ ގައުމު ދެމި އޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އާއިލާތަކުގެ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ އާއިލާތަކުން މުޖުތަމައުގައި އަދާކުރާ ރޯލު ފާހަގަކުރުމުގެ ގޮތުން ނެވެ.

މި އަހަރުގެ އާއިލާތަކުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ފެމިލީސް އެންޑް ޑިމޮގްރެފިކް ޗޭންޖް" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން