ސިންގަޕޫރުގެ އާ ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރަށް މަރުހަބާ ދަންނަވައި ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއާއި ސިންގަޕޫގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށެވެ.

ހަމަ އެހެންމެ ދެ ގައުމަށް ފައިދާ ވާގޮތަށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ލޯރެންސްގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ލޯރެންސް ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަަޑައިގަންނަވާނީ މިއަދު އެވެ.

ބަރުލަމާނީ ވެރިކަމެއް އޮންނަ ސިންގަޕޫރުގެ ވެރިކަމާ ލޯރެންސް ހަވާލުވެވަަޑައިގަންނަވަނީ ކުރިން އެ މަގާމުގައި ހުންނެވި ލީ ސެއިން ލޫންގް އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން