މާލޭގެ ހަތަރު ސަހަރާއިން ބައެއް ޕާކިންއަން ނަގަން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ވީޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި އާޒިމް ވަނީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަަތަކަށް އަލި އަޅުވާލައްވައި އެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަަސައްކަތައް ހާމަކުރައްވާ ފައެވެ.

އެގޮތުން މާލޭގެ ބައެއް ސަހަރާތައް ޕާކިން ސްޕޭސްއަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް [އެކަން ކުރަން] ކައުންސިލުން ފާސްކޮށްފައި އޮތް ނިންމުންވެސް އެބައޮތް. އަދި ހަމަ ފަތުވާ ދޭ މަޖިލީހުން ވެސް އެބައޮތް އިސްލާމްދީނުގައި އަންގާފައިވާ ގޮތަށް އެކަން ކުރުމަށް ފަތުވާވެސް ދީފައި އެބައޮތް." އާޒިމް ވިދާޅުވި އެވެ.

އެގޮތުގެ މަތިން ކުރިން މާޅޭގެ ބައެއް ސަހަރާތަކުގެ ބައެއް ބައިތައް އެހެން ބޭނުންތަކަށް ނަގާފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެގޮތުގެ މަތިން މާފަންނު ސަހަރާގެ ތެރެއިން ބޮޑު އޭރިއާއެއް ޕާކިންއަށް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާއެކު ޕާކިންއަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކުރިން މާފަންނު، ހެންވޭރު، ގަލޮޅު އަދި މައްޗަަން ގޮޅީ ސަހަރާގައި މީހުން ވަޅުލި ނަމަވެސް އެ ތަންތަނުގައި މީހުން ވަޅުނުލާތާ އެތައް ޒަމާނެއް މިހާރު ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން