ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ހަފްލާއެއްގެ ތެރެއިން--
ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ހަފްލާއެއްގެ ތެރެއިން--
މިދިޔަ އަހަރު އޭ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު، އެ ސްކޮލަރޝިޕާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށެވެ.

އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުުތުތަކުގެ ތެރޭގައި ރާއްޖޭގެ ސްކޫލް ދަރިވަރެއްގެ ގޮތުގައި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށް ވުމާއެކު "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓާ ހޯދައިފައިވުމާއެކު އޯ ލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން ހިމެނެ އެވެ.

އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ސްކޮލަޝިޕާ ބެހޭ އިތުރު މައުލޫމާތު ހަޔާ އެޑިއުޚޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން