ބުޅަލަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ވަނީ ބުޅަލަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެ ވީޑިއޯގައި މީހަކު ބުޅަލެއް އެއްލާލާ މަންޒަރު ފެނެއެވެ.

އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރި މީހާ ބުނީ އެ މަންޒަރު ރިކޯޑްކުރުމުގައި އުޅުނީ ފުލުހެއް ކަމަށެވެ. އަދި އެ ފުލުސް މީހާ އެ ވީޑިއޯ ޓިކްޓޮކަށް ވެސް ލައިފައިވާ ކަމަށް ބުނެފައި ވެއެވެ.

އެކަމުގައި އުޅުނީ ގއ. ވިލިނގިލީގެ ދެ މީހުން ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ޕޯސްޓާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ގއ. ވިލިނގިލީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ދާދި ފަހުން މީހަކު މާލޭގައި ބުޅަލެއް މަރާލި މައްސަލައެއްވެސް ފެންމަތިވި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން