ކާޓެލް އުސޫލުން މަސްްތުވާތަކެތި ވިއްކަމުން ދިޔަ ތަނަކުން ފުލުހުން، ބަޔަކު އަތުލައިގެންފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ފަސް މީހެކެވެ. އެއީ 45 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ މީހުން މަސްތުވާތަކެތި ވިއްކަމުން ދިޔައީ ކާޓެލް އުސޫލުން ކަމަށެވެ. އަދި އެ މަސްތުވާތަކެތި އެ ތަނުގައި ބަހައްޓާފައި ހުރީ ހާމައަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"ސީން" އިން އެ ފަސް މީހުން އަތުލައިގެންއިރު އެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ފަސް މީހުންގެ ބަންދަން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

ކާޓެލް އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތައް މީގެ ކުރިން ވެސް ފުލުހުން ހޯދައިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ބިއްރޭ

15-Jun-2024

ކޮބައި ކާޓެލި އުސޫލަކީ



ޓްރެންޑިން